May 31, 2025
 
Advertisement
  1. ހެކަރުންގެ ކިބައިން ސަލާމަތްވުމަށް ރައްކާތެރި ޕަރސްވޯޑްއެއް ބޭނުންކުރުމަކީ މުހިއްމުކަމެއް
  • "އަހަރެން ކަލޭ މަރައެއް ނުލާނަން – މިވަގުތަށް އެކަން އޮތީ އެހެން!!" "އަސ [...]

    26 Feb 2013 | 1 comments

ELECTRIC GUITAR

TOP LINE

LATEST

TUTORIALS

HIGHLIGHT

PERFORMANCE

އެއްހާސް އަހަރު – ހަތްވަނަ ބައި

By Unknown - Tuesday, February 26, 2013

"އަހަރެން ކަލޭ މަރައެއް ނުލާނަން – މިވަގުތަށް އެކަން އޮތީ އެހެން!!"
"އަސްލުވެސްތަ؟" ޔަޤީން ކުރުމަށް ބިޝާރާ ސުވަލު ކުރިއެވެ.
"އަހަރެން މިބުނީ އިހަށް މިވަގުތަށް ކަލޭ މަރައެއް ނުލަނަމޭ!" ޔަރަސް ކުޅެއް ޖަހަމުން ބުންޏެވެ. "އަހަރެން އަދި މުޅިއަކުން ނުނިންމަން ކަލެއަށް އިތުބާރު ކުރެވޭ ވަރު ވެއްޖެކަމަކަށް. ކިހިނެތް މަށަށް އެނގޭނީ ތީ ކަލޭ އަހަރެން މައިތިރި ކުރުވަން ހަދަހަދައިގެން ދެއްކި ކޫސަނި ވާހަކަތަކެއް ނޫން ކަމެއްވެސް؟"
ބިޝާރާ ފުން ނޭވައެއް ލަމުން ކައިރީހުރި ރުކުގައި ލެނގިލިއެވެ. އިސްދަށަށް ޖަހާލައިގެން އިނީ ހުރިހައި ގޮތަކުން ގޮތް ހުސްވެގެންނެވެ. އޭނާ ސިކުނޑިއާއި ނަފުސަށްވެސް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. ހެއިވެރިކަން ކެނޑެން ކަިއރިވެފައެވެ. ޔަރަސްވެސް އިނީ އެވަރު ވިސްނައިގެންނެވެ. ބިޝާރާ ހެއިވެރިކަން ނެތި ވެއްޓެއް ހިނގައްޖެ ނަމަ ހިފަހައްޓަން ތައްޔާރަށެވެ. އެހެން ނަމަވެސް ބިޝާރާ އަށް އެފަދަ ކަމެއް ނުވެއެވެ. އެކަމަކު ބިޝާރާ ވެއްޓެއް ހިނގައްޖެ ނަމަ ހިފެހެއްޓުމަށް ޔަރަސްގެ ހިތަށްއެރީ ކީއްވެބާވައެވެ؟ އެއީ އޭނާ އާއި ކޮން ބެހޭ ކަމެއް ހެއްޔެވެ؟ މިފަދަ ގޮތަކަށް އޭނާގެ ވިސްނުން ގެންގުޅެވުނު ކަމީ އާދަޔާ ކީލާފު ކަމެކެވެ. ޢާއްމުކޮށް އޭނާގެ ޝިކާރައަކަށް އިންސާނާ ވުމަށްފަހު ކަނޑާލި ރުކެއް ގޮތަށް ފުރާނަނެތް މަސްގަނޑު ވެއްޓުމަކީ އައު ކަމެއް ނޫނެވެ.
ހިމޭން ކަމެއްގެ ތެރޭގައި އިނދެ ޔަރަސް ވިސްނާލިއެވެ. އޭނާގެ ޙަޔާތަށް އިންޤިލާބެއް ގެނުވި އެސްފީނާ އާއި މެދުގައެވެ. އޭނާއަށް ލިބިފައިވަނީ އެއްހާސް އަހަރެވެ. ޔަރަސް ދެކޭގޮތުން ހަމަ އެންމެ އެއްހާސް އަހަރެވެ. އެ އެއްހާސް އަހަރުގެ ތެރޭގައި އޭނާ ކައިވެންޏެއްކޮށް ވެމްޕަޔަރ ދަރިއެއް ހޯދަން ޖެހެއެވެ. އަދި އެ އެއްހާސް އަހަރު ނިމޭއިރު އޭނާއަށް އަތްބަނކާއި ދަރިއެއް ނުހޯދިއްޖެނަމަ، އޭނާގެ ހަށިގަނޑުގައިވާ އެސްފީނާގެ އޮށުން ގަސްފަޅައި ހެދެން ފަށާނެއެވެ. އަދި އެއަށްފަހު އިތުރަށް ލިބޭނީ އެންމެ އަހަރެކެވެ. އެ އަހަރުގެ ތެރޭގައި އަތްބެއް ނުހޯދިއްޖެނަމަ އޭނާ ބަލިކަށިވެ ކަމީނާ ވާނެއެވެ. އެދުވަހަކުން އިންސާނުންގެ ލޭ ކިތަންމެ ވަރަކަށް ބުޔަސް ދިރިއެއް ނުހުރެވޭނެއެވެ. އަބަދަށް ބަލިކަށިވާނެއެވެ. އެހެނަސް ދުވަހަކުވެސް މަރެއް ނުވާނެއެވެ. ދިރިހުރި މައްޔިތަކަށް ވާނެއެވެ. އެހެނަސް އޭނާގެ ހަށިގަނޑު ކުނިވެ ފަނާވެގެނެއް ނުދާނެއެވެ. އެވަރުންވެސް އެ ބަލިކަށި ހަށިގަނޑުން އޭނާގެ ފުރާނައެއް ނުނިކުންނާނެއެވެ.
 
އިންސާނެއް އޭނާގެ އަތްބަކަށް ހެދުމުގެ ހުވަފެނަކީ ފަސޭހައިން ކުލަޖެއްސިދާނެ ކަމެކެވެ. އެހެނަސް އެކަންވާން އޮތީ އަންހެން ކުއްޖާ އޭނާދެކެ ލޯބިވާ ނަމައެވެ. އަދި އެ ލޯބީގޭ ބަދަލުގައި އޭނާއަށްވެސް އަންހެން ކުއްޖާއަށް ހިތުގެ އަޑިން ލޯބި ދެވިގެންނެވެ. ހިތާއި ހިތް ހަދިޔާ ކުރެވިގެންނެވެ. އޭރުން އެކުގައި އަބަދަށް ދާން ބޭނުންވާނެއެވެ. ނަމަވެސް އިންސި ކުއްޖެއް އޭނާގެ ޙަޔާތަށް ގެނައުމުގެ ޚިޔާލުވެސް އޭނާ ނުގެންގުޅެއެވެ. ހަޤީޤަތަކީ މިހާތަނަށް އައިއިރު އެފަދަ ގޮތަކަށް ގެންގުޅެން ހީކޮށް އޭނާ ގެންގުޅު ކޮންމެ ކުއްޖެއް ވަނީ އޭނާގެ ޚާއްޞަ ދުނިޔޭގެ އަޅަކަށް ވެފައެވެ. އަދި ކޮންމެ ހަފުތާއަކު ނުވަތަ އެއަށްވުރެން އަވަހަށް ނަމަވެސް އޭނާގެ އަޅުންގެ ގޮތުގައި އިޚްތިޔާރު ކުރި ކޮންމެ ކުއްޖެއް މަރާލުމަށްފަހު އައު ކުއްޖެއް ހޯދުމުގެ އާދަ ވަނީ ހަރުލާފައެވެ. ބައެއް ފަހަރަށް މީރު ކެއުމެއް ޢީދު ދުވަސްފަދަ ޚާއްޞަ ދުވަސްދުވަހު ކައި އުޅޭގޮތަށް ޚާއްޞަ އަންހެން ކުދިންގެ ތާޒާ ލެއި ބޮއެ އުޅުމަކީ އޭނާ ދެވި ހިފާފައި ހުންނަ ކަމެކެވެ. ޚާއްޞަ ގޮތެއްގައި ބިކުރުވެރި އަންހެންކުދިންގެ ލެޔަކީ އޭނާއަށް ވަރަށް ފައްކާ ލެއެކެވެ. 
 
"ކަލޭ ކޮންތާކުން އެފަދަ ފައްކާ ޝިކާރަ ހޯދަނީ؟" ބައެއް ފަހަރަށް ޔަރަސްގެ އެކުވެރި ވޭމްޕަޔަރުން ހަސަދަވެރި ރާގެއްގައި އޭނާއާއި ސުވާލުކޮށް ހަދައެވެ. ޔަރަސްގެ އަޅުންނަށް ބަދަލުކޮށްލާ އެފަދަ ރީތި ތާޒާ އަންހެން ކުދިން ބައެއް ފަހަރަށް ބަސްނާހާ އުޅުމުން އެކުދިންނަށް ގަދަފަދަ އަނިޔާ ކުރުމަށްފަހު އެއްވެސް ރަޙުމެއްނެތި މަރާލަނީ މިހާރުގެ ބަހުރުވައިނަމަ 'ވަރަށް ކޫލް' ކޮށެވެ. އެހެން ވާންޖެހެނީވެސް ސަބަބެއް އޮވެގެންކަަމަށް އޭނާގެ ރައްޓެހިން ކައިރީ އަބަދުވެސް ބުނެއެވެ. އެހެނަސް އެކަން ހާމައެއް ނުކުރެއެވެ. އޭނަގެ ޢާއިލާއަށާއި ޚުދު އޭނައަށް މި ގަދަފަދަ އެސްފީނާ ޖެއްސި އިންސާނުންނަށް އެ ސަބަބު ވަރަށް ރަނގަޅަށް އެނގޭނެއެވެ. ޔަރަސްގެ ޢާއިލާގައި އޭރު ހުރި ބަސްނާހާ، ނުސިޔާނު ކުއްޖާ ނުވަތަ ޔަރަސް ވެގެންދާނީ މުޅު އުމުރަށްވެސް އިންސާނީ ނަސްލުދެކެ އިންތިހާއަށް ނަފުރަތުކުރަނެ މީހަކަކަށް ކަން އެމީހުން ނިކަން ރަނގަޅަށް އޭރުވެސް ދަނެއެވެ. އަދި އެ ރުޅިވެރިކަން ފަތަޙަކޮށް ޖެހިފައިވާ އެސްފީނާގެ ކަސްތޮޅުން ދުވަހަކުވެސް ސަލާމަތް ނުވެވޭނެކަން އެމީހުން ދަނެއެވެ. އަދި ޤަރުނަކަށް ފަހު ޤަރުނެއް ފާއިތުވެގެން ދަނީ އެ ރުޅިވެރިކަމުގެ އަލިފާންގަނޑު އިތުރަށް ގަދަވަމުންކަންވެސް އެމީހުން ދަންނަކަން ޔަރަސްއަށް އެނގެއެވެ.
 
ފުން ޚިޔާލެއްގެ ތެރެއަށް ގެއްލިފައި ޔަރަސް އިންތަން ފެނިގެން ބިޝާރާއަށްވެސް އިނދެވުނީ ހިމޭން ކަމާއެކު އޭނާއަށް ބަލާށެވެ. އެހެން އިނދެފައި ބިޝާރާއަށް އެނގުމަކާއި ނުލައި ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެ ނޭވާގެ އަޑާއިއެކު ޔަރަސް އަށް އަސްލަށް އެނބުރި އާދެވިއްޖެއެވެ.
 
" އަޅެ އަހަރެން ދޫކޮށެއް ނުލާނަންތަ؟" އުއްމީދުގެ ވިދުވަރެއް ބިޝާރާގެ މޫނުމަތިން ފެނިގެން ދިޔައެވެ. އެކަމުގެ ސަބަބުން ޔަރަސްގެ ހިތަށް އުނދަގޫވި އެވެ.
 
"އެންމެ ރަނގަޅު!، އަހަރެން ކަލޭ ދޫކޮށްލައިފިއްޔާ ކޮމްތާކަށޯ ދެން ދާނީ؟" 
 
"އެހެންނެއް އަދި ނޭނގެ!"
 
ޔަރަސް ކޮށްލި ސުވާލުން ހައިރާން ކަމެއް ލިބިފައި އިން ބިޝާރާ އިރުކަޅެއް ވަންދެން ހަނުކޮށް އިނުމަށް ވަރަށް މަޑުމަޑުން ބުނެލިއެވެ.
 
"އެހެންވެއްޖެއްޔާ އަހަރެންގެ ގެއަށް ކަލޭ ގެންގޮސްފިއްޔާ އެއްވެސް ޝަކުވާއެއް އޮންނާނެތަ؟" ވިސްނުންތެރިކަމާއެކު ޔަރަސް ބޭނުންވަގޮތް ހުށައެޅިއެވެ.
 
އުފާވެރި ވިދުވަރެއް ފާޅުވަމުންދިޔަ ދެ ލޮލުން ފަރުވާތެރިކަމާއެކު ޔަރަސްގެ މޫނަށް ބިޝާރާ ބަލައިލިއެވެ. އެހެނަސް އޭނާ އަށް ވޭމްޕަޔަރާއި ބެހޭގޮތުން ކިޔިފައި ހުރި މަޢުލޫމާތު ތަކަށް ވިސްނަން ފެށުނެވެ. އޭނާ ކިޔާފައިވާގޮތުން ވޭމްޕަޔަރުން އެމީހުންގެ ބޮޑެތި ކިއްލާތަކާއި ގަނޑުވަރު ތަކުގައި ޣުލާނު ކޮށްދިނުމަށް އަޅު އަންހެންކުދިން ގެންގުޅޭނެއެވެ. ހަރުކަށި ކަމާއި ބާރުވެރިކަން ލިބިދީފައި ތިބޭ އަޅުންތަކެއްގެ ގޮތުގައެވެ. އަދި ފިރިހެން ވޭމްޕަޔަރުންގެ ހިތްފުރޭވަރު ކޮށްނުދެވޭ ކުދިން، ހިރަފުސްކޮޅެއް ފޮޅާލާ ފަދައިން މި ދުނިޔެއިން ނައްތާލާކަންވެސް އޭނާއަށް އެނގެއެވެ. އަނެއްކާ މިއަދު ޔަރަސް އެ ހުށައެޅީ އެގޮތަށް ހެދުމަށް ބާވައޭ ބިޝާރާގެ ހިތަށް އެރިއެވެ.
 
"އަޅެއްގެ ގޮތުގަތަ؟" އެއްވެސް އުއްމީދެއްނެތް ކުރަކިި ވެފައިވާ އަޑަކުން ބިޝާރާ ސުވާލު ކުރިއެވެ.
 
ނުނިމޭ

Follow our blog on Twitter, become a fan on Facebook. Stay updated via RSS

1 comments for "އެއްހާސް އަހަރު – ހަތްވަނަ ބައި"

  1. ގޯހެއް ނޫން

Leave a Reply

Advertisement