Advertisement

Latest News

ލ. ގަން އަދި ފޮނަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ އައި.އޯ އިންނަށް އަމާޒުކޮށްގެން ޤާނޫނުތަކަށް އަހުލުވެރިކުރުމުގެ ކުލާހެއް ހިންގައިފި

By Unknown - Sunday, March 3, 2013

ލ. ގަން އަދި ލ. ފޮނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ހުރިހާ އައި.އޯ އިންނަށް އަމާޒުކޮށްގެން ޤާނޫނުތަކަށް އަހުލުވެރިކުރުމުގެ ކުލާހެއް ލ. ގަން ޕޮލިސް ސްޓޭޝަންގައި ހިންގައިފިއެވެ.
 
 މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެރޭ ކުރިއަށް ގެންދިޔަ މި ކުލާހުގައި ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. މި ކުލާހުގައި މަޢުލޫމާތު ދީފައިވަނީ ޕޮލިސް ސަރޖަންޓް އިސްމާޢީލް ޝަރީފްއެވެ.
 މި ކުލާހުގައި ލ. ގަން އަދި ލ. ފޮނަދޫގައި މަސައްކަތްކުރާ އައި.އޯ އިންގެ އިތުރުން ލ. ގަން ޕޮލިސް ސްޓޭޝަންގެ އިންޗާރޖް ޕޮލިސް ސަރޖަންޓް އަޙްމަދު ގުރައިސީ ބައިވެރިވެފައިވެއެވެ.
 ކުރިއަށް އޮތް ތަނުގައި ލ. އަތޮޅު ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި ލ. އަތޮޅުގެ ރައްޔިތުންނަށާއި ސްކޫލު ދަރިވަރުންގެ އިތުރުން ބެލެނިވެރިންނަށް މިފަދަ ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާކަމަށް ލ. ގަން ޕޮލިސް ސްޓޭޝަނުން މަޢުލޫމާތު ދެއެވެ.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

0 comments for " ލ. ގަން އަދި ފޮނަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ އައި.އޯ އިންނަށް އަމާޒުކޮށްގެން ޤާނޫނުތަކަށް އަހުލުވެރިކުރުމުގެ ކުލާހެއް ހިންގައިފި "

Leave a Reply

Advertisement